މުއާސަލާތީ ކުންފުނި، އުރީދޫ މޯލްޑިވްސް އިން ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.

އުރީދޫ އިން ބުނީ އެ ކުންފުނިން މިއަދު ފަށާފައިވާ ޕްރޮމޯޝަން ތަކަކީ "އެކްޓިވޭޓް އެންޑް ވިން" އާއި "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން ކަމަށެވެ.

އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނަކީ މުޅިން އާ ޕޯސްޓްޕެއިޑް ބްރޯޑްބޭންޑް ޕެކޭޖެއް އެކްޓިވޭޓް ކުރައްވައިގެން އެޕަލް އައިޕެޑް މިނީއެއް ލިބުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެކެވެ.

އެގޮތުން ކަސްޓަމަރުންނަށް އުރީދޫ ޑޭޓާ ޕެކޭޖްތަކުގެ ތެރެއިން 199 އާއި 299 އާއި 599 އާއި 899 އަދި 200 ޖީބީ އާއި ހަމައަށް ޑޭޓާ އެލަވަންސް ލިބޭ ޖަންބޯ ޕެކޭޖުތައް އެކްޓިވޭޓް ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ރީޗާޖް އެންޑް ވިން ޕްރޮމޯޝަނަކީ ޕްރިޕެއިޑް ބްރޯޑްބޭންޑް ކަނެކްޝަންތައް ރީޗާޖްކޮށްގެން އައިފޯން ފައިވް އެސް އާއި އައިޕެޑް މިނީ އަދި ތުރީޖީ ވައިފައި ޑިވައިސް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެކެވެ.

އެގޮތުން ޕްރޮމޯޝަންގެ ތެރޭގައި އެންމެ ގިނައިން ރީޗާޖްކޮށްފައިވާ ތިން ފަރާތަކަށް އެ އިނާމުތައް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ކަސްޓަމަރުންނަށް ޕްރީޕެއިޑް ބްރޯޑްބޭންޑް އުރީދޫ ޑޭޓާ ކާޑު ޑޭޓާ ރާސްޓަސް އަދި ރީޗާޖު ކާޑުގެ އިތުރުން އޮންލައިން ކޮށް މައި އުރީދޫ މެދުވެރިކޮށް ވެސް ރީޗާޖް ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށެވެ. ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބްރޯޑްބޭންޑް ކަނެކްޝަންތައް މެދުވެރިކޮށް ކަމަށް އުރީދޫ އިން ބުނެއެވެ.