ކުޅުދުއްފުށީ ގެއަކުން ޓިނުތަކެއް ވަގަށް ނެގި މީހަކު ހަތަރު އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހދ. ކުޅުދުއްފުށީ ފަރުދާގޭ މުހައްމަދު ޒަޔާންގެ މައްޗަށް ކުރި ހުކުމްގައި ވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 1:00 އެހައިކަންހާއިރު ކުޅުދުއްފުށީ ކެކުރިމާގޭ ގޯތިތެރޭގައި ހުރި ޓީނުތައް ގެންދިޔައީ މީނާ ކަމަށާއި އެއީ ކުރެވިފައިވާ ވައްކަމެއް ކަމަށް ބުނެ ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާތީއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޓިނުތައް ލިބުނުގޮތް އޭނާ ޝަރީއަތަށް ސާބިތުކޮށްދީފައިނުވާތީ އެއީ އޭނާ ވަގަށް ނެގި ތަކެތިކަން ބަލަންޖެހޭ ކަމަށެވެ.

މިއީ އޭނާގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ހަތަރު ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.