30 Jan 2011, 00:37
30 ޖެނުއަރީ 1940- ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އުވާލި އެވެ.
30 ޖެނުއަރީ 1940- އަލްއަމީރު ހަސަން ފަރީދު ދީދީއަށް ރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ ވަލީ އޮތުމަށް ހާއްސަ މަޖިލީހުން ނިންމި އެވެ.
30 ޖެނުއަރީ 1942- އައްޝައިހު އިބްރާހިމް ލުތުފީ ބަންޑާރަ ނައިބުކަމުން ވަކި ކުރައްވައި އަހުމަދު ކާމިލު ދީދީއަށް ބަންޑާރަ ނައިބުކަން ދެއްވެވި އެވެ.
30 ޖެނުއަރީ 1979- މަސްޖިދުލް ޖަލާލުއްދީނުގެ ނަމުގައި މާލޭގައި މިސްކިތެއް ހުޅުވި އެވެ.
30 ޖެނުއަރީ 1979- ރައީސް މައުމޫން ރާއްޖެތެރެއަށް ކުރެއްވެވި ފުރަތަމަ ދަތުރުފުޅުގައި ކ. ގުޅިއަށް ވަޑައިގަތެވެ.
30 ޖެނުއަރީ 1985- އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްގެ ނަމުގައި އިންޝުއަރެންސް ކުންފުންޏެއް އުފެއްދި އެވެ.
30 ޖެނުއަރީ 1986- ރައީސް އިބްރާހިމް ނާސިރު ސަރުކާރަށް ހިޔާނާތްވެވަޑައިގަތް ކަމުގެ ކުށުގައި އެމަނިކުފާނުގެ ޣައިރު ހާޒިރުގައި 25 އަހަރަށް އަރުވާލައްވަން ހުކުމް ކުރި އެވެ.
30 ޖެނުއަރީ 1990- ރިޕަބްލިކް އޮފް އައިސްލޭންޑާ ދިވެހި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރި އެވެ.
-- މައުލޫމާތު ގަރުނުގެ ފޮތް، އަދި ސަން އާކައިވްސް