އިންޑިއާގެ ޓުޓިކޮރިން އިން މުދާ ހިފައިގެން މާލެ އައި ކަނޑު ބޯޓަކުން ދޮޅު ފޫޓުގެ ހަރުފައެއް ފެނިއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހު މާލެއައި "އެމްއެސްވީ ގްލޯރީ ޓު ގޯޑް" ނަމަކަށް ކިޔާ އެ ބޯޓުން ހަރުފަ އެއް ފެނިފައިވަނީ ރޭ ބޯޓުން މުދާ ބާލަނިކޮށް ބޯޓުގެ ފަލްކާ ތެރެއިން ކަމަށެވެ.

"އެމްއެސްވީ ގްލޯރީ ޓު ގޯޑް" ނަމަކަށް ކިޔާ އެ ބޯޓުން ފެނުނު ހަރުފަ-- ފޮޓޯ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮފިޝަލް

ކަސްޓަމްސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ބޯޓުން ފެނުނު ދޮޅު ފޫޓުގެ ހަރުފަ މިހާރު ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ބޯޓުގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ހަރުފައެއް އުޅޭކަމަށް ޝައްކުކުރެވޭތީ އެ ބޯޓު އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސްގެ އޮފިޝަލުން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.