23 Nov 2014, 10:54
ކ. ގުރައިދޫ ކައިރިއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ސަން އަށް ބުނީ ގުރައިދޫ ކައިރީ އޮންނަ މާއްދޫ ކަނޑުއޮޅިއަށް އިތުރު ބަޔަކާ އެކު މިއަދު ހެނދުނު ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނީ އެރަށު އޯޝަންވިލާ އަހުމަދު ހަސަން، 49، ކަމަށެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމިން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ މުހައްމަދު ހަސަން ގެއްލުނު މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:45 އެހާކަންހާއިރު ކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މުހައްމަދު ހަސަން ގެއްލުނީ އެރަށް ކައިރީ އޮންނަ ފަޅަކަށް މިއަދު ހެނދުނު ޑިންގީއެއްގައި އޭނާގެ ދެ އެކުވެރިއަކާ އެކު ފީނަށް ގޮސްގެން އުޅެނިކޮށް ކަމަށެވެ.
"ޑިންގީ ވާމޮހާލަން އަޑިއަށް ގޮސް މައްޗަށް ނާރައިގެން ބެލީ. އެމީހުން ވެސް އެވަގުތު އެ ސަރަހައްދު ބަލާ ނުފެނިގެން ރިޕޯޓު ކުރީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދާ މުހައްމަދު ހަސަން އަކީ ސިއްހަތު ސަލާމަތު ހުރި މީހެކެވެ. އަދިމިއަދު އެރަށަށް މޫސުން ވެސް އޮތީ ރީތިކޮށެވެ.