Last Updated:
1 decade 1 year ago

ފުލައިމީގެ ބޯޓެއް އިމަޖެންސީގައި ޖެއްސުމާއެކު ހުޅުލެ ކުއްލި ހާލަތަކަށް ގެނެސްފި

    ބުލޮގު ޚުލާސާ
    އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުލައިގެން ބ. ދަރަވަންދޫ އެއާޕޯޓަށް ދިޔަ ފުލައިމީގެ ބޯޓެއް އަނބުރާ ހުޅުލެއަށް ޖެއްސުމާއެކު މުޅި އެއާޕޯޓް ކުއްލި ހާލަތަކަށް ގެނެސްފި އެވެ.

    ފުލައިމީގެ ބޯޓު އެމެޖެންސީގައި އެއާޕޯޓަށް ޖެއްސީ މިރޭ ދަންވަރު 12:00 ގެ ފަހުންނެވެ. އެ ބޯޓު އެއާޕޯޓުގައި ޖެއްސުމާއެކު އިންޓަނޭޝަނަލް ފުލައިޓުތަކާއި އެތެރޭގެ އުދުހުންތަކުގެ ފުލައިޓުތައް އެއާޕޯޓަށް ޖެއްސުން ވަނީ މަޑުޖައްސާލާފަ އެވެ.ު

    ރަންވޭ މައްޗަށް ބޯޓު ޖެއްސިތާ ބައި ގަޑިއިރު ވީއިރު ވެސް އަދިވެސް ބޯޓުގައި ތިބި މީހުން ނުބާލަ އެވެ. އެކަމާ ގުޅޭ ގޮތުން ފުލައިމީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

    02:06

    އެއާޕޯޓްގެ އޮފިޝަލަކު ސަންއަށް ވިދާޅުވީ، ފްލައިމީގެ ބޯޓަކަށް ކޮމިއުނިކޭޝަން މައްސަލައެއް ދިމާވުމާ ގުޅިގެން މިރޭ 11:49 ކަންހާއިރު، އިމަޖެންސީގައި އެ ބޯޓު އައިއެންއައިއޭއަށް ޖެއްސުމާ ގުޅިގެން އެ އެއާޕޯޓް ކުއްލި ހާލަތަށް ގެނައީ ކަމަށް. އަދި ސަލާމަތީ ބާރުތަކުން އެއާޕޯޓްގައި ހަރަކާތްތެރި ވާތީ، އިތުރު މައުލޫމާތު ހާމަކުރައްވާނީ އެފަރާތްތަކުން ކަމަށް.

    އެއާ ޕޯޓް ބަންދުކުރުމަށް ފަހު މިރޭ އަލުން ހުޅުވާފައި ވަނީ، 1:54 ގައި.

    01:49

    އެއާޕޯޓް އަލުން ހުޅުވައިފި.
    01:25

    ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއާޕޯޓަށް ކުއްލި ހާލަތުގައި ފުލައިޓެއް ޖެއްސުމާ ގުޅިގެން ފުލުހުންގެ ތަހުގީގީ ޓީމެއް މި ވަގުތު، ހުޅުލޭގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް.
    01:14

    ބޯޓުން ބޭލި މީހުންނާ ސުވާލު ކުރަމުންދަނީ. އެމްއެންޑީއެފާއި އެއާޕޯޓް ސެކިއުރިޓީން ދަނީ ބޯޓުން ބޭލި މީހުންނާ ވަކިވަކިން ސުވާލުކޮށް، ހަދަމުން. ބޯޓު ތެރޭގައި ދިމާވި ކަމެއް އަދިވެސް ސާފެއް ނުވޭ.
    01:11

    ހުޅުލޭ އެއާޕޯޓް ކުއްލި ހާލަތަށް ގެނައުމާ ގުޅިގެން މިރޭ 1140ގައި އިންޑިއާގެ ޓްރިވެންޑްރަމުން މާލެ އައި މޯލްޑިވިއަންގެ ފްލައިޓް Q2 701 އަނބުރާފައި ގޮސް ހަނިމާދޫއަށް ޖައްސައިފި.
    އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރަކު 'ސަން'އަށް ބުނީ، ބޯޓު އަނބުރާލީ، ހުޅުލެއާ އަރާ ހަމަވި ފަހުން ކަމަށް. އަދި "ހަނިމާދުއަށް ޖެއްސުމަށްފަހު، މާލޭ އެއާޕޯޓް މިވަގުތު ބަންދު ކަމަށް" އެ ބޯޓުން މައުލޫމާތު ދިން ކަމަށް.
    00:58

    އެމެޖެންސީގައި ޖެއްސި ބޯޓުން މީހުން ބާލައިފި. އެއްވެސް ބަޔަކަށް އެ ބޯޓާ ކައިރިއެއް ނުވެވޭ. ބޯޓު ކައިރީގައި އެމްއެންޑީްއެފުން ހަރަކާތްތެރިވަމުންދާ ކަމަށް އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވި.