22 Nov 2014, 21:36
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސ. ހިތަދޫ އަތިރީއާގޭ މުޙައްމަދު ސަލާހު ސިދުގީގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ 12:16 އެހައިކަންހާއިރު ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށްފައިވާތީއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އޭނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން މާލޭ ކަސްޓޯޑިއަލަށް އޭނާ ހާޒިރުކޮށް ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން ކަނޑައެޅިގެން އެކަމަށް އިންކާރުކޮށްފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.