މާލޭ ގެއެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ބަނގުލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 23 އަހަރުގެ ބަނގުލަދޭޝް މީހަކު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަންވަރު ހ. އެތެރެހިޔާ ގޭގެ ތެރެއިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޑްރަގް އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި އެގޭގެ ތެރެއިން 20 ލީޓަރުގެ 10 ހަމާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 މިލި ލީޓަރުގެ 21 ފުޅީގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ 10 ހަމާއި 21 ފުޅީގައި ވެސް ބަނގުރާ އަޅާފައި ހުރި ކަމަށެވެ.