22 Nov 2014, 16:01
ލ. އަތޮޅާއި ތ. އަތޮޅު ހިމެނޭ ޒޯން ހައެއް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫ އިސްދަރިވަރުންގެ ގުޅުން ހޯދައިފި އެވެ.
ޒޯން މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫ ޖެހިޖެހިން ހޯދި މިއީ ދެ ވަނަ ފަހަރެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑީވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ޒޯން މުބާރާތުގެ ފައިނަލުން މާބައިދޫ އިއްޔެ މޮޅުވީ ވޭމަންޑޫ ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެންނެވެ.
މެޗުގެ ދެ ހާފު ކުޅެ ނިމުން އިރު 2-2 ގެ ނަތީޖާއަކުން ދެ ޓިމުން އެއްވަރުވުމުން ޕެނަލްޓީ ޖެހައިގެން މާބައިދޫ މޮޅުވީ ދެ ލަނޑުގެ ލީޑެއް ހޯދައިގެންނެވެ. އެއީ 4-6 ލަނޑުންނެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވީ މާބައިދޫ ހަސަން ނަވާޒެވެ.
އެ މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވީ މާބައިދޫ ޓީމު ގޯލު ކީޕަރު ހަސަން މުނާޒެވެ.
އެ މުބާރާތުގައި ކުޅުނީ ޒޯން ހައެއްގައި ހިމެނޭ ލ. އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު އަދި ތ. އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ. ލ. އަތޮޅުން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. އަދި ރަނަރަޕް ޓީމަކީ ފޮނަދޫ ޒުވާނުންގެ ގުޅުމެވެ. ތ. އަތޮޅު މުބާރާތް ވަންދޫ ވިޓްސް ޖަމިއްޔާ އިން ހޯދިއިރު ރަނަރަޕް ޓީމަކީ ވޭމަންޑޫ ޒުވާނުންގެ ގުޅުމެވެ.