22 Nov 2014, 12:13
ދެ ފުޅި ބަނގުރަލާ އެކު ހުޅުމާލެ އިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ހުޅުމާލެ އިން ދެ ފުޅި ބަނގުރަލާ އެކު ބިދޭސީއަކު ހައްޔަރު ކުރީ ރޭ 9:15 އެހާކަންހާއިރު ކަމަށެވެ. ނަމަވެސް އެމީހާ ހައްޔަރު ކުރީ ހުޅުމާލޭގެ ކޮންތަނަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ބިދޭސީ މީހާއަކީ އިންޑިއާ މީހެކެވެ. އަދި އޭނާ އަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެއްގެ ވެރިމީހާ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.