22 Nov 2014, 10:20
ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންގެ ޚިދުމަތުގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމަށާއި އަދި ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުޞަދުގައި "އެދުރު ތަރި 2014"ގެ ނަމުގައި އެވޯޑްދީފި އެވެ.
މިދިޔަ ހަފްތާގައި އެ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި އުދުރު ތަރި އެވޯޑް ހަފުލާގައި ކޮންމެ ޑިޕާޓްމަންޓަކުން އެންމެ ރަނގަޅު މުދައްރިސް ހޮވައި ހަނދާނީ ލިޔުމާއި ޝިލްޑާއި މެޑެލް ދިން ކަމަށް އެ ސްކޫލުން ބުންޏެވެ.
ބެސްޓް ޓީޗާ އިން ދިވެހި ޑިޕާޓްމަންޓުގެ މަގާމު ހާސިލްކޮށްދައި ވަނީ ވަނީ މަރްޔަމް މައުސޫމާ މޫސާ އެވެ.
ބެސްޓް ޓީޗާ އިން އިސްލާމް ޑިޕާޓްމަންޓްގެ މަގާމު ހާސިލުކޮށްފައި ވަނީ ހައްވާ އާނިފާ މުނީރެވެ.
ބެސްޓް ޓީޗާ އިން އިންގްލިޝް ޑިޕާޓްމަންޓްގެ މަގާމު ހާޞިލުކޮށްފައި ވަނީ އިންގްލިޝް ލިއުނާ ޙަސަން ދީދީ އެވެ.
ބެސްޓް ޓީޗާ އިން ސައިންސް ޑިޕާޓް މެންޓުގެ މަގާމަށް ކެމިސްޓްރީ ޓީޗާ އަޙުމަދު ފިރާޝް އެވެ. އަދި ބެސްޓް ޓީޗާ އިން ސައިންސް ޑިޕާޓް މެންޓުގެ މަގާމަށް ހޮވިފައި ވަނީ ފިޒިކްސް ޓީޗާ ޚަދީޖާ ޒުހުރަތު އެވެ.
ބެސްޓް ޓީޗާ އިން ބިޒްނަސް ޑިޕާޓް މަންޓުގެ މަގާމު ބިޒްނަސް ޓީޗާ ސައުދަތު ޢަލީ ހާޞިލުކުރި އިރު ބެސްޓް ޓީޗާ އިން ބިޒްނަސް ޑިޕާޓްމަންޓްގެ މަގާމު ހާޞިލުކޮށްފައި ވަނީ އިކޮނޮމިކްސް ޓީޗާ ފާޠިމަތު މިންނާ އެވެ.
ބެސްޓް ޓީޗާ އިން މެތަމެޓިކްސް ޑިޕާޓް މަންޓުގެ މަގާމު ހާސިލު ކުރީ މެތަމެޓިކްސް ޓީޗާ މރ. ރާކޭޝް މުރުކައްޕަން، އިންޑިއާ އެވެ.