މާލޭގައި ހަށި ވިއްކަމުން ދިޔަ ކަމުގެ ތުހުމަތަށް އަންހެނަކާއެކު ދެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ 26 އަހަރުގެ އަންހެނަކާއި 24 އަހަރާއި 27 އަހަރުގެ ދެ ފިރިހެނުންނެވެ. އެ ތިން މީހުންނަކީ ވެސް ބިދޭސީންނެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން މިރޭ ހައްޔަރު ކުރީ މ. ޗިޅިޔާގެހިގެ އިން ކަމަށެވެ. އެ މީހުންގެ ތެރެއިން އަންހެނަކާއި ފިރިހެނަކު އެ ގޭގައި ބިދޭސީން ދިރިއުޅޭތަނެއްގެ ތެރޭގައި ޖިންސީ އަމަލު ހިންގަން ތިއްބާ "ރެޑްހޭންޑް" ނެގި ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެތަން ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާ ވެސް ފެނުނު ކަމަށެވެ.