އައްޑޫ ސިޓީ މަރަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މިރޭ 10:45 އެހާކަންހާއިރު މަރަދޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްވެފައި ވަނީ ހިތަދޫ، ބުލްބުލާގެ، މުހައްމަދު ނަސީރު، 34، އަހަރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާރީގައި ޒަހަމްވި މީހާއަށް ހިތަދޫ ރީޖަނަރަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.