ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މެލޭޝިޔާގެ ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް)އާއެކު ހަދާފައިވާ ކޮންޓްރެކްޓް ދެ އަހަރަށް އަލުން އާކޮށްފި އެވެ.

ދަގަނޑޭގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ ޕީޑީއާރްއެމާއެކު އާ ކުރި ކޮންޓްރެކްޓަކީ އޭނާއަށް އެންމެ ރަނގަޅު އަދި ކުޅިވަރުގެ ކެރިޔާއަށް އެންމެ މުހިންމު ހުށަހެޅުން ކަމަށެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ ޕީޑީއާރްއެމާ ކުޅުމަށް ކޮންޓްރެކްޓް ހެދީ މިދިޔަ އަހަރު އެވެ.

މެލޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ބިދޭސީ ފުޓްބޯޅަ ކުޅުންތެރިޔަކަށް މިއަހަރު ހޮވުނު ދަނގަޑޭ ވަނީ ޕީޑީއާރްއެމަށް 26 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.