21 Nov 2014, 19:58
މ. މުލީ ގެއެއްގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.
މުލީގައި ހުންނަ "ސަން"ގެ މޮނީޓަރަކު ބުނީ އެ ރަށު ޖޭމުގޭގެ ސިޓިން ރޫމުގައި މިރޭ 7:00 ގައި އަލިފާން ރޯވި ކަމަށެވެ. އަދި އެ ގޭގެ ސިޓިން ރޫމުގައި ރޯވި އަލިފާންގަނޑު މުޅި ގެއަށް ފެތުރުމުގެ ކުރިން އާންމުންގެ ބަޔަކު ވެގެން ނިއްވާލާފައިވާ ކަމަށް "ސަން"ގެ މޮނީޓަރު ބުންޏެވެ.
އޭނާ ބުނީ އެ ގޭގައި ރޯވި އަލިފާން ނިއްވާލުމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވީ ދެ ޒުވާނަކު ކަމަށާއި އޭގެ ފަހުން ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވެސް ލިބުނު ކަމަށެވެ. އަލިފާނުގެ ހާދިސާގައި އެ ގޭގެ ސިޓިން ރޫމުގައި ހުރި ބައެއް އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް "ސަން"ގެ މޮނީޓަރު ބުންޏެވެ.
މުލީގައި އަލިފާން ރޯވި ގޭގައި ދިރިއުޅެނީ އެންމެ މީހެކެވެ. މުލީ ކައުންސިލްގެ ރައީސް އަހުމަދު ނާފިޒު ވިދާޅުވީ އޭނާ އެ ގެއަށް ރޭގަނޑު ނިދަން އެކަނި ކަމަށެވެ.