21 Nov 2014, 18:09
ސްރީލަންކާގެ ރައީސް ރާޖަޕަކްސާ އަންނަ ޖެނުއަރީ މަހު ބޭއްވުމަށް މަސައްކަތް ކުރައްވާ އަވަސް އިންތިހާބުގައި ރާޖަޕަކްސާއާ ދެކޮޅަށް އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް އެ ގައުމުގެ ހެލްތު ހެލްތު މިނިސްޓަރު މަތިރައްޕަލާ ސިރިސޭނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ލަންކާގެ ނޫސްތަކުން ބުނީ ސިރިސޭނާ ރާޖަޕަކްސާ އާ ކުރިމަތި ލެއްވުމަކީ ރާޖަޕަކްސާ އަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ސިރިސޭނާ އަކީ ވެރިކަން ކުރާ ޕާޓީގެ ދެ ވަނަ އަށް އެންމެ ބާރު ގަދަ ބޭފުޅާ އެވެ.
"އެއް އާއިލާއަަކުން ވަނީ މުޅި ގައުމުގެ އިގްތިސާދު، ބާރު، ޕާޓީ އަތްދަށުލާފައި،" ސިރިސޭނާ ވިދާޅުވި އެވެ. "ގައުމު ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް."
ސިރިސޭނާގެ އިސްތިއުފާ މިއައީ އިދިކޮޅު ފަރާތްތަކުން އަވަސް އިންތިހާބެއް ބޭއްވުމަށް ދެކޮޅު ހަދަހަދައި އޮއްވައި އަދި އަންނަ ޖެނުއަރީ މަހު އިންތިހާބު ބޭއްވުމަށް ރާޖުޕަކްސާ ވިދާޅުވިތާ އެއް ދުވަސް ވެސް ނުވަނީހެވެ.
ރާޖްޕަކްސާގެ ފިޝަރީޒު މިނިސްޓަރާއި އަދި ތިން މެމްބަރަކު ވެސް ވަނީ ސިރިސޭނާއާ ބައިއަތު ހިފައި އިސްތިއުފާ ދެއްވައިފަ އެވެ.
ތަމަޅަ ހަނގުރާމަ ނިންމި 2009 ވަނަ އަހަރު 40،000 ތަމަޅަ އާންމުން ރާޖަޕަކްސާގެ ސިފައިން މެރިކަމުގެ ތުހުމަތުގައި ބޭރުގެ ޕްރެޝަރު ވެސް ރާޖަޕަކްސާ އަށް ވަނީ ބޮޑުވެފަ އެވެ.