ރާމަﷲ (ނޮވެމްބަރު21) ފަލަސްތީނުގެބިންތައް ގަދަބާރުން ހިފައިގެން އޮވެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންގެންދާ ހަރުކަށި އަދި އަނިޔާވެރި އަމަލުތައް ހުއްޓުވައި ދިނުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް، ދުނިޔޭގެ ބައެއް ލީޑަރުންނަށް ގޮވާލައްވައިފި އެވެ.

ޢައްބާސް މިކަމަށް ގޮވާލެއްވީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ، ރަޝިޔާގެ ޚާރިޖީވަޒީރު ސަރްގީލާވްރޯވް، ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ވެޑްރިކާމޮގްރީނީ އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން މިހަތަރު ބޭފުޅުންނަށް ފޮނުއްވި ސިޓީފުޅު ތަކެއްގަ އެވެ. މިސިޓީތަކުގައި އެބޭފުޅުންގެ އަރިހުން އައްބާސް އެދިވަޑައިގެންފައި ވަނީ އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވައި ދިނުމަށާއި ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫޢު ހުއްޓާލުމަށް އިސްރާއީލަށް ބާރުއަޅައި ދިނުމަށެވެ.

އައްބާސް މިސިޓީފުޅުތައް ފޮނުއްވާފައި ވަނީ އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާގެ ޙުރްމަތް ކަނޑައި އެމިސްކިތުގައި ނަމާދުކުރުން ފަލަސްތީނުގެ ރައްޔިތުންނަށް މަނާކޮށް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ނުކުންނަ ފަލަސްތީނުގެ ރައްޔިތުން މެރުމާއި އެމީހުންގެ އާއިލާތަކުގެ ގެދޮރުތަޅައި ބިމާ ހަމަ ކުރުމުގެ އަނިޔާވެރި އަދި ހަރުކަށި އަމަލުތަކެއް ހިންގަމުންނެވެ.
އިސްރާއީލުންއިއްޔެ ވެސް ވަނީ ގުދްސުގައިވާ ފަލަސްތީނުގެ އާއިލާއެއްގެ ގެ ތަޅައި ބިމާހަމަކޮށްލައި އަދި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އިޙްތިޖާޖްކުރިފަލަސްތީނުގެ އާންމުންނަށް ރަބަރުއުންޑައިންޙަމަލާދީފަލަސްތީނުގެ 12 ޒުވާނަކު ޒަޚަމްކޮށްލާފަ އެވެ. (އަލްޖަޒީރާ)