އޮސްޓްރޭލިޔާގެ އުތުރު އައްސޭރިފަށުގެ ސްޓޭޓެއް ކަމުގައިވާ "ނިއު ސައުތް ވޭލްސް"ގައި، ހޫނު ގަދަވުމުގެ ސަބަބުން ގިނަ އަދަދެއްގެ ވާތަކެއް މަރުވެއްޖެ އެވެ.

ސިޑްނީގެ އިރު އުތުރުގެ ހިސާބުގައި 44 ޑިގްރީ އަށް ހޫނުގަދަވުމާ އެކު 5000 އަށް ވުރެ ގިނަވާ މަރުވެފައިވާ ކަމަށް "ބައިރޯން ނިއުސް" އާއި ހާވާލާދީ ޚަބަރުތައް ފަތުރާފައިވެ އެވެ.

"އަހަންނަށް ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރުތަކެއް. ބަލާލި ކޮންމެ ދިމާލަކުން ފެނުނީ މަރުވެގެން ބިންމައްޗަށް ވެއްޓިފައިވާ އެތައް ސަތޭކަ ވާތަކެއް. ވާތައް ހުރީ ހަމައެކަނި ބިންމަތީގައެއް ވެސް ނޫން. ގަސްތަކުގައި ވެސް ބައެއް ވާތައް އެމީހުންގެ ދަރިންނާ އެކު މަރުވެފައި ތިބި." އެ މަންޒަރުތައް ހަމަ ލޮލުން ފެނިފައިވާ ކަމަށް މީޑިޔާގައި ހެކިވެފައިވާ، ފޮޓޯ ނެގުމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ޑީހަޓިން ހާމަކޮށްފައިވެ އެވެ.

މަރުވެފައި އޮތް ވާތަކެއް--- ފޮޓޯ: ޑެއިލީމެއިލް

ކައުންސިލް މެނޭޖާ ޖޯން ވޯލްކަ "ޑެއިލީ ޓެލެގްރާފް"ގައި ބުނެފައި ވަނީ ކޯރުގެ އަައްސޭރިފަށުގައި ވާތަކުގެ ކުނިވަސް ވަރަށް ގަދައަށް ހިފާފައިވާ ކަމަށެވެ. އަދި މި ވަސް ފިލައިގެން ދިޔުމަށް ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މި ހިސާބު ސާފުކުރުމުގެ މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުން އިލްތިމާސް ކުރަމުންދަނީ އަމިއްލަ ފަރުދުން މި ހިސާބުގައިވާ ކުދިވާ ތަކަށް އަމިއްލައަށް ފަރުވާ ނުދިނުމަށެވެ. ވާލުގެ ދަތްއެޅުން ފަދަ އަނިޔާއެއް ލިބުމުން ހެދޭ އިންފެކްޝަނެއްގެ ސަބަބުން ވާގިނެތުން އަދި މަރުވުމުގެ ވެސް ފުރުސަތު ބޮޑެވެ.