20 Nov 2014, 13:12
އެމެރިކާގެ ފްލޮރިޑާ ޔުނިވަސިޓީގެ ކެމްޕަހެއްގެ ތެރެއަށް މީހަކު ވަދެ ބަޑި ޖެހުމުގެ ސަބަބުން ދެމީހަކު ޒަހަމްވެއްޖެ އެވެ.
ފްލޮރިޑާ ސްޓޭޓް ޔުނިވަސިޓީގެ ފުލުހުންނާއި ހޮސްޕިޓަލުގެ އޮފިޝަލުންނާ ހާވާލާދީ ލޮސްއެންޖަލިސް ޓައިމްސް ނޫހުން ބުނީ، ފްލޮރިޑާ ޔުނިވަސިޓީގެ ކެމްޕަސް ތެރެއަށް މީހަކު ވަދެ ބަޑި ޖެހުމުން ދެމީހެއްގެ ގަޔަށް ވަޒަން އަރާފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައި ވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް ވެސް އަދި އެހާދިސާއާ ބެހޭ އެއްވެސް އިތުރު ތަފުސީލެއް ވެސް އޮފިޝަލުން ނުދޭ ކަމަށް އެނޫހުން ބުންޏެވެ.
ފްލޮރިޑާ ސްޓޭޓް ޔުނިވަސިޓީ އިން ވަނީ އެ ހާދިސާއާއި ގުޅިގެން އިންޒާރުގެ އެންގުމެއް އާއްމުކޮށްފަ އެވެ. އެ އެންގުމުގައި ބުނެފައި ވަނީ ކެމްޕަސްތެރޭގައި ނުރައްކާތެރި ހާލަތެއް އެބައޮތް ކަމަށާއި ދަރިވަރުން ރައްކާތެރިކަން ހޯދަން އެދޭ ކަމަށެވެ.