20 Nov 2014, 11:52
ސްކޫލްތައް ބަންދުވެ އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އައިޖީއެމްއެޗުގައި ހިތާނު ކުރުމުގެ ހިދުމަތްދޭން ފައްޓައިފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހިތާނު ކުރުމަށް 14 ކުއްޖަކު މިހާރު ނަން ނޯޓުކޮށްފައިވާ ކަމަށާއި އެ ހޮސްޕިޓަލުގައި ދުވާލަކު 15 ކުދިން ހިތާނު ކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހިތާނު ކުރާނީ ނަން ނޯޓު ކުރާ ތަރުތީބުން ކަމަށެވެ.
ހޮސްޕިޓަލުން ހިތާނުކޮށްގެން ގެއަށް ދޫކޮށްލުމަށް ފަހު ވެސް ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ހިތާނު ޕެކޭޖްގެ ތެރެއިން ގެންދެވޭނެ ކަމަށް ޒީނަތު ވިދާޅުވި އެވެ.
ސްކޫލް ބަންދާ ދިމާކޮށް މާލެ އާއި އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ހިތާނު ކުރުމުގެ ފޯރި ގަދަވެ އެވެ. ހިތާނު ކުރުމަކީ މުސްލިމުން ކުރަން ޖެހޭ ކަމެކެވެ.