20 Nov 2014, 11:01
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށްދާ ގައުމީ ކެރަމް މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ރިފްގާ މުހައްމަދާއި ފާތުމަތު ރަޔާން ހޯދައިފި އެވެ.
ކެރަމް އެސޯސިއޭޝަންގައި ރޭގައި ފެށި އެ މުބާރާތުގައި އެ 'ޕެއާ' އިން ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި އައިމިނަތު ނިފާޝާ އާއި ފާތިމަތު ޒޫޝާންއާ ބައްދަލުކޮށެވެ.
ގައުމީ މުބާރާތުގެ ޑަބަލްސް އަންހެން އިވެންޓުގައި ތިން ޕެއާ އެއް ބައިވެރިވެރި ވެފައިވާ އިރު ފިރިހެން ޑަބަލްސް އިވެންޓުގައި އަށް ޓިމަކުން ބައިވެރި ވެފައިވެ އެވެ.
ފިރިހެން ޑަބަލްސް އިވެންޓުވެސް ރޭގައި ފަށާފައިވާ އިރު އެ އިވެންޓުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މިރެ އެވެ. ފައިނަލްގައި އެއްކޮޅުން އަލީ އަކްރަމް އާއި އަހްމަދު އަޝްރަފް ބައްދަލު ކުރާއިރު އަނެއްކޮޅުން ބައްދަލު ކުރާނީ މުހައްމަދު މުއްތަސިރާއި އިސްމާއިލް އަޒްމީލެވެ.