ސްރީލަންކާގެ މަަޝްހޫރު ހޮޓަލެއްގައި 72 އަހަރުވަންދެން މަސައްކަތް ކުރި މީހަކު އުމުރުން 94 ގައި މަރުވެއްޖެ އެވެ.

ބީބީސީ އިން އިއްޔެ ބުނީ ވެއިޓަރެއްގެ ވަޒީފާ އިން މަސައްކަތަށް ވަން، ކޮއްތަރައްޕު ޗައްޓޫ ކުއްޓުން، ގޯލްފޭސްގެ ވަޒީފާ އިިން ރިޓާޔާކޮށްފައި ނުވާ ކަމަށެވެ.

މޫދާ ދިމާވާ ގޮތަށް ހުންނަ ހޮޓަލަށް ޓޫރިސްޓުން ވަންނަ އިރު، ކުއްޓުން މަރުހަބާ ކިޔަނީ އޭނާގެ ދެ އަތް އެއްކޮށްލުމަށް ފަހު ސަގާފީ މަރުހަބާ ކިޔުމަކުންނެވެ.

ބޯހުދު އަދި އޮޅި މަތިމަހެއްލާފައި ހުންނަ ކުއްޓުން ހުންނަނީ ދުނިޔޭގެ ހުރިހާ ތަނެއްގެ ބެޖުޖަހާފަ އެވެ.

އޭނާގެ އުމުރުން 18 އަހަރުގައި 1938 ވަނަ އަހަރު، ކުއްޓުން އިންޑިއާ އިން ސްރީލަންކާ އަށް ހިޖުރަކުރީ ކެރެލާ ސްޓޭޓްގައި ތިބި އޭނާގެ މައިންބަފައިން މަރުވުމުންނެވެ. އޭނާ ގޯލް ފޭސް ހޮޓަލާ ގުޅުނީ 1942 ވަނަ އަހަރު އެވެ.

ސަތޭކަ ފަންސާސް އަހަރުވެފައިވާ ހޮޓަކީ ލަންކާގައި މަޝްހޫރު ހޮޓަލެކެވެ.

"ސިލޯނަކީ އޭރު ތަފާތު ގައުމެއް. މަޝްހޫރު އެމްޕަރާ ހިރިއޮހިޓޯ، ރިޗާޑް ނިކްޝަން، ސާ ލައުރެންސު އޮލިވާ، ޖޯޖް ބާނާޑް އަޅުގަނޑުމެންގެ މެހުމާންދާރީ ކަމުގައި ތިބި،" 2010 ވަނަ އަހަރު އޭނާ އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.


އޭނާ އާ ބައްދަލުވި މީހުންގެ ތެރޭގައި ލޯޑް މައުންޓްބެޓަން އާއި ޖަވާހިރުލާލު ނެހުރޫ އާއި އޭރު ޕްރިންސްސް އެލިޒަބަތު ހިމެނެ އެވެ. އަދި ދެ ވަނަ ބޮޑު ހަނގުރާމާގައި ޖަޕާނުގެ ހަނގުރާމަމަތީ މަތިންދާ ބޯޓެއް ލަންކާ އަށް ވެއްޓުނު ތަން ވެސް އޭނާ އަށް ފެނުނެ އެވެ.

ގޯލްފޭސް ހޮޓަލުގެ ޗެއާމަން ސަންޖީވު ގާޑްނިއާ ބުނީ މިއީ ހިތާމައިން ފުރިގެންވާ ދުވަހެއް ކަމަށެވެ. އޭނާ ވިދާޅުވީ 1980 ވަނަ އަހަރު ކުއްޓުން ވެއިޓަރެއްގެ ވަޒީފާ ދޫކޮށްލި އިރު އޭނާ ހުރީ ޜިޓާޔާ ކުރާ ހިސާބުގައި ކަމަށާއި ނަމަވެސް އަސްލު އޭނާގެ މަސައްކަތް ފެއްޓުނީ އޭގެ ފަހުން ކަމަށެވެ.

"މީހުންނަށް އޭނާ ނޯޓިސް ކުރެވޭނެ،" ގާޑިނިއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހޮޓަލުން ހަރަދުކޮށްގެން، ކުއްޓުން، އޭނާގެ ދެ ކޮއްކޮށް ދިރިއުޅޭ ކެރެލާ އަށް ފޮނުވި ކަމަށާއި ނަމަވެސް އޭނާ އެތާ ހުރީ 10 ދުވަހު ކަމަށެވެ.

"އެމީހުން އަހަރެެންނާ ދޭތެރޭ ރަނގަޅަށް ކަންތައްތައް ކުރަންޏާ އަހަރެެން މަޑުކުރާނަން، ނޫނީ މާދަމާ އެނބުރި އަންނާނަން،" ކުއްޓުން އާ ހަވާލާދީ ޗެއާމަން ވިދާޅުވި އެވެ.

މީގެ އަހަރުތަކެއް ކުރިން މރ. ކުއްޓުންގެ ލަންކާ އަށް އުފަން އަންހެނުން މަރުވުމުން އޭނާ ބެލެހެއްޓީ އޭނާގެ ކާފަދަރިއެކެވެ. އޭނާގެ ފަހު ދުވަސްކޮޅު އޭނާ އުޅުނީ ބަލިކޮށެވެ. ނަމަވެސް އޭނާ ހުރީ ގޯލްފޭސް ހޮޓަލުގެ މުވައްޒަފެއްގެ ގޮތުގަ އެވެ.