ކ. ގުރައިދޫ ފެންޕްލާންޓް މަރާމާތު ކުރުމުގެ މަސައްކަތް، ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީ އާއި އެމްޑަބްލިޔުއެސްސީ އިން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނީ އެ ރަށު ރައްޔިތުންނަށް ސާފުބޯފެން ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ އާރުއޯ ޕްލާންޓް މަރާމާތު ކުރުމުގެ އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އުމަރާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ޝަފީގާ ކަމަށެވެ.

އެ މަަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންގެ ތެރެއިން ފެން ބޭނުންވާ ފަރާތްތަކަށް ފެން ލިބޭނެ ކަމަށާއި އަދި ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެ ރަށު ރައްޔިތުންނަށް އާންމުކޮށް ފެން ލިބެން ފެށެމުގެ އިތުރަށް ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ވެސް ފެން ލިބޭނެ ކަމަށެވެ.