ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުންގެ މުސާރައަށް ގެނައި ބަދަލާ ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން މެޖިސްޓްރޭޓުންނަށް މައުލޫމާތު ދީފި އެވެ

މިދިޔަ ހަފްތާގައި ބޭއްވި އެ ބައްދަލުވުމުގައި މެޖިސްޓްރޭޓުންނަށް މައުލޫމާތު ދީފައި ވަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މި ކޮންފަރެންސްގައި 120 ބައިވެރިވެފައިވެ އެވެ.

ހެނދުނުން ފެށިގެން ހަ ގަޑިއިރަށް ދެމިގެންދިޔަ 11 އޯޑިއޯ ކޮންފަރެންސްގައި މެޖިސްޓްރޭޓުންގެ އިތުރުން ކޯޓުތަކުގެ އިދާރީ މުވައްޒަފުން ވެސް ބައިވެރިވެފައިވެ އެވެ. އަދި މެޖިސްޓްރޭޓުންނާއި މުވައްޒަފުންގެ ސުވާލުތަކަށް ޑިޕާޓްމަންޓުން ޖަވާބު ދީފައިވެ އެވެ.