19 Nov 2014, 12:39
ގެވެށި އަނިޔާގެ މައްސަލައެއްގައި ހައްޔަރު ކުރި މީހާ، ކޯޓުން ދޫކޮށްލައިފި އެވެ.
ހުޅުމާލެއިން އިއްޔެ ހައްޔަރު ކުރި އުމުރުން 35 އަހަރުގެ ޕޮލިސް މީހާ ދޫކޮށްލާފައި ވަނީ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް މިއަދު ގެންދިއުމުން ކޯޓުންނެވެ.
ފުލުހުން ބުނެފައި ވަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ފުލުހުން އިއްޔެ އެ މީހާ ހައްޔަރު ކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށެވެ. އެ ހާދިސާގައި އަންހެނަކަށް ލިބިފައިވާ އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގެވެށި އަނިޔާއަކީ ގެވެށީގެ ގުޅުމުން ގުޅިފައިވާ ދެ މީހެއްގެ ދެމެދުގައި ހިނގާ ޖިސްމާނީ އަނިޔާ އާއި ޖިންސީ އަނިޔާ އާއި ބަހުގެ ހަމަލާދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމާއި މާލީ ގޮތުން ދަތިކުރުމާއި އަނބިމީހާގެ ސިއްހަތަށް ބެލުމެއް ނެތި މާބަނޑުކުރުމާއި ފާރަލުމެވެ. އަދި އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތް ކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑު ކުރުމާއި ބިރުދެއްކުމަކީ ވެސް ގެވެށި އަނިޔާ އެވެ.'
ގެވެށި ގުޅުމުން ގުޅިފައިވާ މީހުންނަކީ ދެމަފިރިންނާއި ލޯބިވެރިންނާއި މައިބަފައިންނާއި އެއްގެއްގައި އުޅެމުންދާ މީހުންނާއި ނުވަތަ ބަލަދުވެރިކަމުގެ ގޮތުން ބެލެނެވެރިންނަށްވާ މީހުންނާއި ޒާތީ ކުޅުން އޮންނަ މީހުންނެވެ.