19 Nov 2014, 12:26
ލައްކައެއްހާ ރުފިޔާގެ މަރާމާތައް ފަހު އާ ސަހަރާގައި ހުންނަ ހިނަވާގެ އަލުން ހުޅުވައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އާ ސަހަރާގައި ހުންނަ ހިނަވާގޭގެ ހުޅުވީ އާބަތުރަ ފިލުވައި ނިންމުމަށް ފަހު ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ ހިނަވާގޭގެ މަރާމާތުގެ މަސައްކަތް ކޮށްފައި ވަނީ ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީގައި ކަމަށާއި އަދި ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތުން ކަމަށެވެ.
އޭނާ ވިދާޅުވީ އެތަން ބަންދުނުކޮށް ހިނެވުމުގެ މަސައްކަތްތަ ދާތީ ވަރަށް ގިނަ ފަހަރު މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ. އެހެންކަމުން ގަލޮޅު ސަހަރާއަށް ހިނެވުމުގެ މަސައްކަތް ބަދަލު ކުރަން ޖެހުނު ކަމަށާއި އެތަނަށް ވެސް ބޭނުންވާ ބައެއް ކަަންކަން ފުރިހަމަ ކުރަން ޖެހުނު ކަމަށެވެ.
"ދެން އެެހެންވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ބަދަލު ކުރަން ޖެހުނީ ގަލޮޅު ސަހަރާއަށް އަނެއްކާ ހިނަވާއަށި ހަދަން ޖެހުނީ... އެނގިވަޑައިގަންނަވާނެ އެއީ ވަރަށް ދުވަސްވެފައި ހުރި ތަނެއް، ގާތްގަނޑަކަށް 25 އަހަރު ވެދާނެ އެއްވެސް ކަހަލަ ހިނެވުމުގެ މަސައްކަތެއް ނުކުރާތާ،" ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ އާ ސަހަރާގެ ހިނަވާގޭގެ މަސައްކަތަށާއި ގަލޮޅު ސަހަރާއަށް ކޮންމެހެން ބޭނުންވާ ކަންތައްތައް ކުރުމަށް ގާތްގަނޑަކަށް 100،000 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
ޝިފާ ވިދާޅުވީ އިއްޔެއިން ފެށިގެން އާސަހަރާގެ ހިނަވާގޭގައި ކަށުކަމާކެމީގެ ކަންތައްތައް ކުރިއެކޭ އެއްފަދައިން ކުރަމުންގެންދާނެ ކަމަށެވެ.