29 Jan 2011, 12:16
ދިރާގުގެ ހުރިހާ ލޭންޑް ލައިންތަކަށް ވެސް އަންނަ މަހުން ފެށިގެން ކޯލާ އައިޑީގެ ހިދުމަތް ހިލޭ ދޭ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ މިއީ ދިރާގުގެ ފިކްސްޑް ލައިން ޚިދުމަތް އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ. މިހާރު ވެސް މޯބައިލް ފޯނު ބޭނުންކުރާ ފަރާތްތަކަށް ދިރާގުން ކޯލާ އައިޑީގެ ހިދުމަތް ދެނީ ހިލެ އެވެ.
ދިރާގުގެ މެނޭޖަރު މާކެޓިން، ކޮމިޔުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ފިކްސްޑް ލައިން ހިދުމަތަކީ މިހާރު ވެސް ވަރަށް ހެޔޮ އަގުގައި ފޯރުކޮށްދޭ ހިދުމަތަކަށްވާ އިރު ކޯލާ އައިޑީގެ ހިދުމަތް ހިލޭ ލިބޭ ގޮތަށް ހަމަޖެހިގެން ދިއުމުން ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
މިހާރު ދިރާގުގެ ލޭންޑް ލައިންތަކުން މަހަކު 30ރ. ގެ ފީއެއް ނަގަ އެވެ.
ކޯލާ އައިޑީ ނުވަތަ ގުޅާ ފަރާތުގެ ނަމްބަރު ފޯނުން ފެންނަ ގޮތަށް ދޭ ހިދުމަތުގައި، ގުޅާ ފަރާތުގެ ނަމްބަރު އެނގޭނީ، ނަމްބަރު ފެންނަން ހުންނަ ގޮތަށް ތައްޔާރުކޮށްފައިވާ ފޯނުތަކަށެވެ.
ދިގާރުން ދަނީ، މިހާރު ބިލު ނުދައްކައިގެން ހިދުމަތް ކަނޑާލާފައި އޮންނަ މުއްދަތަށް މަހުފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ދިރާގުން ބުނެފައިވާ ގޮތުގައި ކަސްޓަމަރުންނަށް ދަތިވެގެން އެދުމުން އެކުންފުނިން މިހާރު ވެސް މަހުފީ މާފުކޮށްދެ އެވެ.