19 Nov 2014, 10:13
ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އަހަރީ ސޭލް ''ދަމާސް ބެސްޓް ސޭލް'' މިއަދު ފަށައިފި އެވެ.
ދަމާސްގެ ހުރިހާ ފިހާރަތަކެއްގައި މިއަދުން ފެށިގެން ކުރިޔަށްދާ މި ސޭލް އަންނަ ޖެނުއަރީ 15ގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށް ދަމާސް އިން މިއަަދު ނެރުނު ބަޔާނެއްްގައި ބުންޏެވެ.
އެ ސޭލުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި އެ ޑިސްކައުންޓްގެ އިތުރުން 500 ރުފިޔާ އިން މަތީގެ ވިޔަފާރިއެއް ކުރާ ކޮންމެ މީހަކަށް ބައިވެރިވެވޭ ގޮތަށް އެތައް އިނާމެއް ލިބޭ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ގޮތުން ލިބޭ ހާއްސަ އިނާމްތަކުގެ ތެރޭގައި ސޮނީ ފުލް އެޗްޑީ 4 ކޭ ޓީވީ، އެޕަލް އައިފޯން، އަދި ގޯޕްރޯ ކެމެރާ ހިމެނޭ ކަމަށް ވެސް ދަމާސް އިން ބުންޏެވެ.
ގެދޮރުގެ ޒީނަތްތެރިކަމަށް ބޭނުންވާ ކުލަދަވާދާއި ފަރުނީޗަރާއި ބަދިގެ ޑިޒައިންކޮށް ރާވާދިނުމުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓް ދަމާސްގެ "ބެސްޓް ސޭލް" އިން ލިބޭނެ ކަމަށް ވެސް އެ ކުންފުނީން ބުންޏެވެ.
އޭގެ އިތުރުން ދަމާސް އިން ރާއްޖެ އެތެރެކޮށް މާކެޓުކުރާ، ކެފޭ ރެސްޓޯރަންޓްތަކާއި ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާ އަށް ބޭނުންވާ އެކިކަހަލަ އައިޓަމްތަކުން ދަމާސް ބެސްޓް ސޭލް އިން ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ސޭލުން ގަންނަ ތަކެތި މާލޭގެ ހުރިހާ ސަރަހައްދަކަށް ހިލޭ ގެންގޮސްދިނުމާއި އަތޮޅުތަކަށް ގެންދާ މުދާ ދޯނިފަހަރަށް ހިލޭ ގެންގޮސްދޭނެ ކަމަށް ވެސް ދަމާސް އިން ބުންޏެވެ.