18 Nov 2014, 22:23
ހުޅުލެއިން މާލެ އަންނަ މީހުންގެ ލަގެޖް ގެއްލިގެން ހުށަހަޅަމުންދާ މައްސަލަތައް މިހާރަކަށް އައިސް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ 'ސަން'އަށް ވިދާޅުވީ، ލަގެޖް ގެއްލޭ މައްސަލަ ފެންމަތިވީ މީގެ ދެހަފްތާ ކުރިން ކަމަށާއި އާންމުކޮށް ދުވާލަކު އެއް މައްސަލަ ނުވަތަ ދެ މައްސަލަ ލަގެޖް ގެއްލިގެން ރިޕޯޓު ކުރަމުންދާ ކަމަށެވެ.
ނަމަވެސް ލަގެޖް ގެއްލެނީ މާލެ އަންނަ ހިސާބުން ކަމެއް ނުވަތަ ހުޅުލެއިން ކަމެއް އަދި ފާހަގަ ކުރެވިފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އަދި ގިނައިން މައްސަލަ ރިޕޯޓު ކުރަނީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅެއް ނުވެ އެވެ.
"ހަމަ ގައިމު ވެސް ޔަގީންކޮށް ދެންވިދާނެ ދިވެހިންގެ ފަރާތުން އެފަދަ މައްސަލަތައް ހުށަހަޅާކަން،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.