ބ. ކެންދޫ ޑައިމަންޑް ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން، 16 ވަނަ ޑައިމަންޑް ކަޕްގެ ނަމުގައި އެ ރަށުގައި ފުޓްބޯޅަ މުބާރާތެއް ބާއްވައިފި އެވެ.

މިމަހުގެ 10 އިން 17 އަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ބ. ކެނަދޫގެ ހަ ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ފައިނަލް މެޗު އިއްޔެ ކުޅެފައިވާ އިރު، އެ މެޗުގައި ބައްދަލުކޮށްފައި ވަނީ ވިނާސް ބޯއިސް އާއި އެފްސީ ވެންގާޑް އެވެ. އެ މެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ އެފްސީ ވެންގާޑް އެވެ.

މުބާރާތުގެ ފައިނަލް މެޗަށް ފަހު އިއްޔެ ވަނީ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިޔާތު ބާއްވާފަ އެވެ. އެގޮތުން މުބާރާތުގެ ޗެންޕިއަން ޓީމަށްދޭ ފައިސާގެ އިނާމާއި ތަށި ހަވާލުކޮށްދެއްވާފައި ވަނީ އަނަންތަރަ ރިސޯޓްސްގެ ކިހަވައް ވިލާގެ އެޗްއާރް ޑިވަލޮޕްމަންޓް ޑައިރެކްޓާ ރިޒާން އެވެ.

އެ ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތައް ހާސިލް ކުރި ފަރާތްތަކަށް ވެސް ވަނީ އިނާމް ދީފަ އެވެ. އެގޮތުން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވިނާސް ބޯއިސްގެ ސޮފްވާން އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ވިނާސް ބޯއިސްގެ އަލީ ހަންމާދު ހޮވިފައިވާ އިރު، މުބާރާތުގެ އެނެމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވިފައި ވަނީ ކްލަބް 1996 ޓީމުގެ ޝިމާން އާއި އެފްސީ ވެންގާޑްގެ ހުސެއިން ރަޝީދް އަދި އެ ޓީމްގެ އަހުމަދު އަބްދުއްރައްޒާގް އެވެ.