އީރާނުގައި ތެލުގެ އަގު ބޮޑުވުމުން ހިމާރުގެ އާބާދީ އަށް ބާރުބޮޑުވެއްޖެ އެވެ.

އީރާނުގެ ނޫސްތަކާ ހަވާލާދީ ބީބީސީ އިން ބުނި ގޮތުގައި ފިނި މޫސުމާ ކުރިމަތިލާ އިރު، އީރާނުގެ ދަނޑުވެރިން އަންނަނީ އެ މީހުންގެ ވެހިކަލްތައް އެއްފަރާތްކޮށް، ހިމާރުގެ ބޭނުން ކުރުން އިތުރުކޮށްފަ އެވެ. އަދި އެތަކެތީގެ ވިޔަފާރި ވަނީ ފުޅާވެފަ އެވެ.

"ޕެޓްރޯލާއި ޑީސަލްގެ އަގު އުފުލެމުންތީ ދަނޑުވެރިން އަލުން ވަނީ ހިމާރުގެ ބޭނުން ހިފަންފަށާފައި،" އީރާނުގެ ނޫސްތަކުން ބުންޏެވެ.

ވެހިކަލްގެ ބަދަލުގައި ހިމާރުގެ ބޭނުން ބޮޑަށް ކުރަނީ އީރާނުގެ ހުޅަނގު ބިތުގެ ފަރުބަދަމަތީގެ ސަރަހައްދުގަ އެވެ. އެހެން ނަމަވެސް ބައެއް ސިޓީތަކުގައި ވެސް ހިމާރު ބޭނުން ކުރާ ކަމަށް ނޫސްތަކުން ބުނެ އެވެ.

މިއީ ޖަނަވާރުތަކަށް ރަނގަޅު ހަބަރެކެވެ. އެއީ އެތަކެތީގެ ވެރިން ކުރިން ވަނީ އެ ސޮރުތައް ފިނި މޫސުމުގައި އެއްފަރާތްކޮށްފަ އެވެ. އެއީ އެ ސޮރުމެންނަށް ކާންބޯންދީ ހެދުމަށް ދަތިތަކާ ކުރިމަތިލާން ޖެހި އަަގު ބޮޑު ކަމަކަށްވާތީ އެވެ.

"ކުރިން، ފިނި މޫސުން ފެށެންވާ އިރަށް ދަނޑުވެރިން އެ ސޮރުތައް ޖަންގައްޔަށް ދޫކޮށްލާނެ، އަދި އެ ސޮެރުމެން އެ ގޮތުގައި މަރުވެދާނެ،"

އީރާނުގެ އިގްތިސާދު ރަނގަޅު ކުރުމުގެ ގޮތުން މިދިޔަ އެޕްރީލު މަހުން ފެށިގެން ތެލުންދޭ ސަބްސިޑީ ކަނޑާލައިފަ އެވެ. އަދި އެކަމުގެ ސަބަބުން ތެޔޮ ބޭނުން ކުރާ މީހުންނަށް ބާރު ބޮޑުވެ، ތެލުގެ އަގު ވަނީ އެއް ދުވަހުން 75 ޕަސެންޓް އަގު އުފުލިފަ އެވެ. އީރާނުގައި މި އަހަރުން ފެށިގެން ވަނީ ކަރަންޓާއި ފެނުގެ އަގު ވެސް މައްޗަށް ޖެހިފަ އެވެ.