"ފާރަގެމަ" ގާއިމު ކުރަން ބޭނުންވާ ކުއްތާ ރާއްޖެ ގެނައުމަށް ދައްކަން ޖެހޭ އެޑްވާންސް ފައިސާ ސަރުކާރުން ހޮލެންޑްގެ ކުންފުންޏަކަށް ދައްކައިފި އެވެ.

ފުލުހުން މިއަދު ބުނީ "ފާރަ ގެމަ" ގާއިމު ކުރުމަށް ބޭނުންވާ ކުއްތާ ރާއްޖެ ގެނައުމަށް 40،000 ޔޫރޯ އިއްޔެ ހޮލެންޑްގެ ކުންފުންޏަކަށް ދިވެހި ސަރުކާރުން ދައްކާފައިވާ ކަމަށެވެ.

މީގެ އިތުރުން ކުއްތާ ބޭތިއްބުމަށް ހުޅުމާލޭގައި ގާއިމްކުރާ ކެނެލްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިހާރު ވަނީ ސަރުކާރުން އިއުލާން ކޮށްފަ އެވެ.

ހޯމް މިނިސްޓްރީ އިން ބުނެފައި ވަނީ އަލަށް އުފަންކޮށްފައިވާ 16 ކުއްތާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށެވެ. ކުއްތާ ގަތުމަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.