18 Nov 2014, 11:55
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ޝާޒްލީ ޝަފީގު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެމްޑީޕީގެ މަސްދަރުތަކުން މިއަދު ބުނި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ކޮންމެ ވެސް ކަމަކާ ހިތްހަމަނުޖެހިގެންނެވެ. ނަމަވެސް އެއީ ކޮން ކަމާ ކަމެއް އަދި ނޭނގެ އެވެ.
އޭނާގެ އިސްތިިއުފާގެ ސިޓީ ސީދާ އެޑްރެސް ކުރައްވާފައި ވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަދި އެ ސިޓީ ފޮނުއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޝާޒްލީގެ އިސްތިއުފާއާ ބެހޭ ގޮތުން އަދި އެމްޑީޕީ އިން އެއްވެސް އެއްޗެއް ނުބުނެ އެވެެ.
ޝާޒްލީ އެ މަގާމަށް އައްޔަންކޮށްފައި ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ޝާހު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު އެވެ.