ޖައުސާ ޓްރޭޑިންގް އޮފީހުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ.

ހެންވޭރު ޑާވިންސީ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ހިންގާ ޖައުސާ ޓްރޭޑިންގް އޮފީސް ފަޅާލާފައި-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހެންވޭރު ޑާވިންސީ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ހިންގާ ޖައުސާ ޓްރޭޑިންގް އޮފީސް ފަޅާލާފައި ވަނީ އެ އޮފީހުގެ އިރުމަތީ ފަރާތުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ހެންވޭރު ޑާވިންސީ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ހިންގާ ޖައުސާ ޓްރޭޑިންގް އޮފީސް ފަޅާލާފައި-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ އޮފީހުގެ ތިޖޫރީ ފަޅާލައި 15،000 ރުފިޔާ އާއި 250 ޑޮލަރު ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ހެންވޭރު ޑާވިންސީ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ހިންގާ ޖައުސާ ޓްރޭޑިންގް އޮފީސް -- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.