ސޮނީ ކުންފުނީގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރެއް ކަމަށްވާ ރީފްސައިޑުން ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު ބާއްވަމުން އަންނަ "ސޮނީ އިއާ އެންޑް ޕްރޮމޯޝަން" މިއަދު ފަށައިފި އެވެ.

ރީފްސައިޑުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ރީފްސައިޑް ސޮނީ ސެންޓަރުން ވިއްކަމުން އަންނަ ތަކެތީގެ ތެރެއިން 1000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއެއް ކުރައްވާ ކޮންމެ ފަރާތަކަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވެ އަގުބޮޑު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ރީފްސައިޑުން ހުށަހަޅާފައި ވަނީ ސޮނީ ބްރަވިއާ 49 އިންޗީގެ ފޯކޭ ޓީވީއެކެވެ. ދެވަނަ އިނާމަކަށް ދަމާސްގެ އިންޑެކްސް ފަރުނީޗާއިން ލިވިން ރޫމްސެޓެއް ހުށަހަޅާފައިވާ އިރު ތިންވަނަ އިނާމަކަށް ލިބެނީ އުރީދޫ އިން ހުށަހަޅާފައިވާ އުރީދޫ މައިފައި ތުރީޖީ އަދި ފޯޖީ ޑިވައިސް އެކެވެ.

އޭގެ އިތުރުން ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ހަފްތާގެ އިނާމުތަކެއް ވެސް ލިބޭނެ ކަމަށް ރީފްސައިޑުން ބުނެއެވެ. އެގޮތުން ޝެލްބީންސް ގެ 250 ރުފިޔާގެ ގިފްޓް ވައުޗާ އަކާއި ސޮނީ ޕެންޑްރައިވް އާއި ސޮނީ އެސްޑީ ކާޑުގެ އިތުރުން ސޮނީ ހެޑްފޯން ލިބޭނެ ކަމަށް ރީފްސައިޑުން ބުނެއެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނީ 2015 ވަނަ އަހަރުގެ ޖެނުއަރީމަސް ނިމެންދެނެވެ.