17 Nov 2014, 17:23
ސޮނީ ކުންފުނިން އެންމެ ފަހުން ނެރެފައިވާ އެ ކުންފުނީގެ އެކްސްޕީރިއާ މޮޑެލްގެ ދެ ފޯނު ކަމަށްވާ ސޮނީ "އެކްސްޕީރިއާ ޒެޑް ތުރީ އެލްޓީއީ" އާއި "އެކްސްޕީރިއާ ޒެޑް ތުރީ ކޮމްޕެކްޓް އެލްޓީއީ" އަށް ހާއްސަ ޕްރޮމޯޝަނެއް، އުރީދޫ އާއި އެކު ރީފްސައިޑުން ފަށައިފި އެވެ.
ރީފްސައިޑުން ބުނީ އެ ޕްރޮމޯޝަނުގެ ދަށުން ރީފްސައިޑުން މިހާރު ވިއްކަމުން އަންނަ އެކްސްޕީރިއާ ދީރީޒްގެ އެންމެ ފަހުގެ ދެ ފޯނުގެ ތެރެއިން ކޮންމެ ފޯނެއް ގަތް ކަމުގައި ވިޔަސް އެ ފޯނާ އެކު އުރީދޫގެ ފޯޖީ ޕޯސްޓްޕެއިޑް ޕެކޭޖެއް ލިބޭނެ ކަމަށެވެ.
އެގޮތުން އުރީދޫގެ ފޯޖީ ޕޯސްޓްޕެއިޑް ދެ ޕެކޭޖެއް ކަމުގައިވާ "ފޯޖީ ޕޯސްޓްޕެއިޑް 549" އާއި "ފޯޖީ ޕޯސްޓްޕެއިޑް 999" ދެ ޕެކޭޖުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ޕްރޮމޯޝަނެއް އިހުތިޔާރު ކުރެވޭނެ ކަމަށާއި ޕްރޮމޯޝަންގެ ދަށުން ލިބޭ ޕެކޭޖުގެ ފުރަތަމަ މަހުފީ ހިލޭ ލިބޭނެ ކަމަށް ރީފްސައިޑުން ބުނެއެވެ.
ސޮނީ ކުންފުނީގެ އެންމެ ފަހުގެ އެކްސްޕީރިއާ މޮޑެލްގެ ފޯނުތައް ކަމަށްވާ ޒެޑް ތުރީގެ ފޯނުތައް ރީފްސައިޑް ސޮނީ ސެންޓަރުންނާއި ރީފްސައިޑް އިމޭޖިންގެ އިތުރުން ރީފްސައިޑް ލައިފްސްޓްއިލް ޝޮޕުން ލިބެން ހުންނާނެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ 2015 ވަނަ އަހަރު ޖެނުއަރީ މަސް ނިމުމާ ހަމައަށެވެ.