29 ޖެނުއަރީ 1963- އަތޮޅު ފިހާރަތަކުގެ ރައުސުލްމާލްގެ ދެބައިކުޅަ އެއްބަޔަކީ ސަރުކާރު ބައެއް ކަމުގައި ހަމަޖައްސަން ދައުލަތުން ނިންމި އެވެ.

29 ޖެނުއަރީ 1977- ކިއުބާއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރި އެވެ.

29 ޖެނުއަރީ 1979- ދިވެހި ބަހާއި އަދަބަށް ހިދުމަތް ކުރާ މަޖިލިސް އުފެއްދި އެވެ.

29 ޖެނުއަރީ 1979- ހުކުރު މިސްކިތު މުންނާރުން މުނާޖާ ގޮވުން ހުއްޓާލާފައި އޮތުމަށްފަހު އަލުން މުނާޖާ ގޮވަން ފެށި އެވެ.

29 ޖެނުއަރީ 1989- ރާއްޖޭގައި 30 ދުވަހަށްވުރެ ގިނަ މުއްދަތަކަށް ތިބޭ ބިދޭސީންނަށް ކާކުކަން އަންގައިދޭ ކާޑް ހައްދަން ޖެހޭ ގޮތަށް އިމިގްރޭޝަނުން ހަމަޖެއްސި އެވެ.

29 ޖެނުއަރީ 1993- ބ. ތުޅާދުއާއި އެ އަތޮޅުގެ މާޅޮހުގެ މަދަރުސާ ހުޅުވި އެވެ.

-- މައުލޫމާތު: ގަރުނުގެ ފޮތް އަދި ސަން އާކައިވްސް