17 Nov 2014, 09:38
އޮޑިޓާ ޖެނެރަލްގެ މަގާމަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހ. އާހަމަ ހަސަން ޒިޔަތުގެ ނަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޒިޔާތު އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ފޮނުއްވާފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.
ހަސަން ޒިޔަތަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އަދި އޭނާ ވަނީ އެ ދާއިރާގައި 14 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.
އޭނާ މިހާތަނަށް ހުންނެވީ ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ގެ ޗެއަމަންގެ މަގާމުގަ އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމަށް ޒިޔަތުގެ ނަން މަޖިލީހަށް ފޮނުއްވީ އޮޑިޓް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވުމުންނެވެ.