ސ. ހިތަދޫގައި ކާރެއް ތެރެއިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ ފުޅިއަކާއެކު ދެ މީހަކު މިއަދު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ހައްޔަރު ކުރި ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، އެމީހުންގެ ތަހުގީގު ކުރިއަށްދާކަމަށެވެ.

އަދި ވިދާޅުވީ އެމީހުންގެ ތަހުގީގު ކުރިއަށް ދާތީ މިވަގުތަށް އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
ސަން އެނގިފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކާރެއް ދުއްވަނިކޮށެވެ.