28 Jan 2011, 21:07
ޖޮހަނޮސްބާގް : ދެކުނު އެފްރިކާގެ ބާނީ ނެލްސަން މަންޑޭލާގެ ސިއްޙީ ޙާލުކޮޅު ވަރަށް ގޯސްކަމަށް ޚަބަރުލިބިއްޖެ އެވެ.
އުމުރުން 92 އަހަރުގެ ނެލްސަން މަންޑޭލާ މިދިޔަ ބުދަ ދުވަހު ޖޮހަނަސްބާގްގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރެވުނީ އާދައިގެ މަތިން ހެލްތު ޗެކަޕެއް ހެއްދުމަށެވެ. މަންޑޭލާގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން، ޑޮކްޓަރުންގެ ސީދާ ބެއްލެވުމުގެ ދަށުން މަންޑޭލާއަށް ފަރުވާދެމުންގެންދިއުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މަންޑޭލާއަށް ކުރިމަތިވެވަޑައިގެންފައިވާ އަލާސްކަންފުޅުގެ ބާވަތެއް އެނގިފައިނުވި ނަމަވެސް މަންޑޭލާއަށް ކުރިމަތިވެ ވަޑައިގެންފައިވަނީ ގަދައަށް ކެއްސުމާއެކު ފުއްޕާމޭގެ އާލާސްކަންފުލެއްކަމަށް ޚަބަރުތައް ބުނެއެވެ.
ދެކުނު އެފްރިކާގައި ވެރިކަންކުރާ ކޮންގްރެސް ޕާޓިންވަނީ މަންޑޭލާ ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. މަންޑޭލާއަކީ ދެކުނު އެފްރިކާގެ ދޮންމީހުން ހިންގި ނަސްލީ އިމްތިޔާޒުގެ އަނިޔާވެރި ވެރިކަން ވައްޓާލައި އެޤައުމުގެ ރައްޔިތުންނަށް މިނިވަންކަމާއި ޑިމޮކްރަސީ ގެނަސްދެއްވި ބަތަލެވެ. މިހާރު ސްވިޓްޒަރލޭންޑްގައި ހުންނެވި ދެކުނު އެފްރިކާގެ ރައީސް ޖާކޯބް ޒޫމާ ގެންދަވަނީ ވަރަށް ގާތުން މަންޑޭލާގެ ޙާލުކޮޅު ބައްލަވަމުންނެވެ. -- ބީބީސީ