16 Nov 2014, 20:34
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ ޒޯން ފުޓްބޯޅަ މުބާރާތް ތަކުގެ ތެރެއިން ޒޯން ހައެއްގެ ތިންވަނަ މެޗުން މާބައިދޫ ޒުވާނުންގެ ގުޅުން މޮޅުވެއްޖެ އެވެ.
ތ. އަތޮޅު ވޭމަންޑޫގައި ކުރިއަށްދާ އެ މުބާރާތުގެ ފުރަތަމަ މެޗުގައި މާބައިދޫ ޓީމު ވަނީ ވޭމަންޑޫ ޒުވާނުންގެ ގުޅުމާ ވާދަކޮށް 2-1 ލަނޑުން ބަލިވެފައެވެ.
އިއްޔެ ކުޅުން މެޗުން މާބައިދޫ މޮޅުވެފައިވަނީ ތ. އަތޮޅު ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ވަންދޫ ވިޓްސް ޖަމިއްޔާ އާއި ބައްދަލު ކޮށް 0-1 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖަހާފައިވަނީ މާބައިދޫ ޓީމުގެ ހަސަން ނިޔާޒު އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް ނިޔާޒު އެވެ.
ޒޯން ހައެއްގައި ވާދަކުރަނީ، ލ. އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު އަދި ތ. އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ.
ލ. އަތޮޅުން މުބާރާތް ކާމިޔާބު ކޮށްފައިވަނީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. އަދި ރަނަރަޕް ޓީމަކީ ފޮނަދޫ ޒުވާނުންގެ ގުޅުމެވެ. ތ. އަތޮޅު މުބާރާތް ވަނދޫ ވިޓްސް ޖަމިއްޔާ އިން ހޯދިއިރު ރަނަރަޕް ޓީމަކީ ވޭމަންޑޫ ޒުވާނުންގެ ގުޅުމެވެ.