އާއިލާއިން ގެއްލިގެން އުޅުނު އުމުރުން 19 އަހަރުގެ އަންހެން މީހާ ވިލިމާލޭގައި ހުއްޓާ ފެނިއްޖެއެވެ.

ކ. ގުރައިދޫ މަރިޔަމް ފަރާޝާ ފުލުހުންނަށް ފެނިފައި ވަނީ މިއަދު ހަވީރު 17:40 އެހައިކަންހާއިރު ވިލިމާލޭގައި ހުއްޓައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަންހެންމީހާ ފެނުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މިރޭގެ ވަގުތެއްގައި އޭނާ އާއިލާއާ ހަވާލުކުރާނެ ކަމަށެވެ.

އެ އަންހެންމީހާ މިއަދު ފެނިފައިވާއިރު މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި އާއިލާއަށް ފިލާފައިވާ ގ. ގްރީންބީންސް، ޝިފާ މުހައްމަދު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.