ނ. މިލަދޫ ކައުންސިލްގައި މަސައްކަތް ކުރަމުން އަންނަ ކައުންސިލް މެމްބަރު އަބޫބަކުރު އަލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މިލަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަރީފް ބިން އަބޫބަކުރު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އޮފީހަށް ލާފައިވާ ސިޓީއެއްގައި އޭނާ ކައުންސިލްގައި ހުރުމަށް އުޒުރުވެރިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

"އޮފީހަށް ލާފައި އޮތް ސިޓީއެއްގައި ބުނެފައި ވަނީ އިސްތިއުފާ ދިނީ ކައުންސިލްގައި ހުރުމަށް އުޒުރުވެރިވާ ކަމަށް،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

އަބޫބަކުރު އަލީ އަކީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވެވަޑައިގަތް ބޭފުޅެކެވެ.

އެކަމާ ގުޅިގެން އަބޫބަކުރުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.