ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ޖާނަލިސްޓް އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި ހަމަ އެކަނި މީހާ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އުމުރުން 24 އަހަރުގެ އެ މީހާ ގޭ ބަންދަށް ބަދަލު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިދީފައިވާ އިރު ފަސް ފަހަރެއްގެ މަތީން އޭނާގެ މުއްދަތު ވަނީ އިތުރުކޮށްދީފަ އެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ރިލުވާން ގެއްލުނުތާ 100 އަށް ވުރެ ގިނަ ދުވަސް ވަނީވެފަ އެވެ. އޭނާ ގެއްލުނު ކަމަށް ބެލެވެނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބޮލްކް ކައިރިން ރޭގަނޑު ދަންވަރުގެ ވަގުތެއްގަ އެވެ.