16 Nov 2014, 09:39
ރަހިމުގައި ސިސްޓް އުފެދުމަކީ ކޮންމެ އުމުރު ފުރައެއްގައިވެސް އަންހެނުންނަށް ވަރަށް ފަސޭހައިން ދިމާވާ ކަމެކެވެ. ހާއްސަކޮށް ދަރިމައިވެފައިތިބޭ އަންހެނުންގެ ރަހިމުގައި ސިސްޓް އުފެދުން އާންމެވެ. ވަރަށް ގިނަ ފަހަރަށް ސިސްޓް ތައް އުފެދި ނެތިދަނީ އެއްވެސް ކަހަލަ އުނދަގުލެއް ފާހަގަ ނުވެ އަމިއްލައަށެވެ. ނަމަވެސް އަނެއްބައި ފަހަރު ސިސްޓް އުފެދުމުން ދަށް ބަނޑުގައި ގަދައަށް ރިއްސުމާއި، މައްސަރު ކަންތައް ޖެހުމުގައި ދަތިތަކާ ކުރިމަތި ކުރުމާއި އެއްދާން ކުރާ އިރު އެކި ކަހަލަ ތަދު ނުވަތަ ދިލަ އިހުސާސް ވުމާއި އަދި މީގެ އިތުރުން ދަރިމައިވުމަށް ވެސް އުނދަގޫތަކާ ކުރިމަތިވުމަކީ އާންމު ކަމެކެވެ.
ސިސްޓް އުފެދިފައި ހުންނަލެއް މާބޮޑު ނޫން ނަމަ ސްކޭން ކުރުމަށްފަހު އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ގިނަ ފަހަރު ލަފައެއް ނުދޭނެއެވެ. އަދި ސަރޖަރީއަކީ ރިސްކީ އަދި އަގު ބޮޑު އެއްޗެއްކަމުން އަބަދުވެސް މަސައްކަތް ކުރާން ވާނީ ސިސްޓު ފަދަ އެއްޗެއްހި އުފެދުނަ ނުދިނުމަށް ޓަކަ އެވެ.
އެ ގޮތުން ސިއްހީ ރަނގަޅު އާދަތައް އަށަގެންނެވުމަކީ ކޮންމެ ބައްޔަކަށް ވެސް އެންމެ ރަނގަޅު ފަރުވާ އެވެ. މި އާޓިކަލް ގައި މި ބަލައިލަނީ ރަހިމުގައި ސިސްޓު އުފެދުމުން ދުރުކޮށްދޭ ބައެއް ކަންކަމުގެ މައްޗަށެވެ.
ސިސްޓްގެ ސަބަބުން ބަނޑުގައި ރިއްސާނަމަ ނުވަތަ އުނދަގޫވާ ނަމަ ހޫނުފެން ހަމެއް ދަށްބަނޑުގައި އަޅައިލައްވާށެވެ. އޭރުން ބަނޑުގެ ރިހުން ތިރިވެ އުނދަގޫތައް ފިލާނެއެވެ. ހޫނުފެނުން ފެންވަރައިލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
ޑައިޓަކީ ކޮންމެ މީހެއްގެ ވެސް ސިއްހަތު ރަނގަޅަށް ދަމަހައްޓަން މުހިއްމު އެއްޗެކެވެ. ޑައިޓް ކުރުމާ އެކު ކަސްރަތުތައް ކުރުމުން ހަށިގަނޑު ފިޓުކޮށް ބެހެއްޓުމުގެ އިތުރުން ސިސްޓް ފަދަ އެއްޗެއްތި ހަށިގަނޑުގައި އުފެދުން ދުރުކޮށްދެ އެވެ. އަދި ސިސްޓެއް އުފެދިފައި ހުއްޓަސް ޑައިޓުގެ ސަބަބުން އޭގެ ތަދަށް ލުއި ލިބެ އެވެ. އަދި ބައެއް ފަހަރު ސިސްޓް ނެތިގެންދެ އެވެ.
ވަރަށް ގިނައިން ފެންބުއިމަށް އާދަކުރައްވާށެވެ. ފެނަކީ ހަށިގަނޑުގެ ޓޮކްސިންސް ބޭރުކުރުމާއި އަދި ހަށިގަނޑު ހައިޑްރޭޓަޑްކޮށް ހުރުމަށް އެންމެ ބޭނުންތެރި އެއް ކާނާއެވެ. އެހެން ކަމުން ދުވާލަކު މަދުވެގެން އަށެއް ނުވަތަ ދިހަ ތަށިފެން ބޯން އާދަކުރައްވާށެވެ. މީގެ އިތުރުން ފައިބަރ އާއި ހަނޑުލާއި ފުށުގެ ބާވަތްތައް ކެއުމުގައި ބޭނުން ކުރައްވާށެވެ. ފެޓްސް އަދި ދަޅުކާނާ ވީހާވެސް މަދުން ކެއެމަށް އިސްކަން ދޭންވާނެއެވެ. ޒައިތޫނި ތެޔޮ، އޮމެގާ ތިނެއް ނުވަތަ އޮމެގާ ހަތަރެއް ފެޓީ އެސިޑްވެސް ބޭނުން ކުރައްވާށެވެ. އަދި ކެފެއިން ހިމެނޭ ބުއިންތައް މަދުކުރައްވާށެވެ.
ހަރބަލް ސަޔަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ރަނގަޅުކޮށްލަދީ އެކި ކަހަލަ ކުދި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ ބުއިމެކެވެ. އެގޮތުން ޗަމޮމައިލް ޓީ، ގްރީން ޓީ އަދި ވައިޓް ޓީ އަކީ ރަހިމުގެ ސިސްޓަށް އެންމެ އެކަށީގެންވާ ވައްތަރުގެ ސަޔެވެ. އެހެނީ މިބާވަތުގެ ސައިން ހަށިގަނޑަށް ލުއި ލިބި ތަދު ފަސޭހަކޮށްލަ ދޭން އެހީވެދެއެވެ.
މަސްދަރު: ހެލްތްޑައިޖެސްޓް