15 Nov 2014, 23:28
އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ދެ މީހަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 8 ފެބްރުއަރީ 2012 ވަނަ ދުވަހު އަންދާލި ހިތަދޫ ޕޮލިސްޓޭޝަން ހުންނަ ސަރަހައްދުގައި މިރޭ އިރާކޮޅު ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ވެސް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެ އެކްސިޑެންޓު ހިނގި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ނުރައްކާތެރި އެތަކެއް އެކްސިޑެންޓުތައް ހިނގާފައިވެއެވެ. އޭގެތެރެއިން ބައެއް އެކްސިޑެންޓުތަކުގައި އަނިޔާލިބުނު މީހުން ވަނީ ހޮސްޕިޓަލްގައި ފަރިވާދެމުން ދަނިކޮށް މަރުވެފައެވެ.