15 Nov 2014, 21:58
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ބޭއްވި ލައިފްބޯއީ ފުޓްބޯޅަ ފެސްޓިވަލް ނިންމާލައިފިއެވެ.
މިއަދު އިރުއޮއްސި 6:30 ގައި އެފްއޭއެމް ލައިފްބޯއީ ޓާފް ދަނޑުގައި ބޭއްވި ފުޓުބޯޅަ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި އެ ފެސްޓިވަލްގައި ބައިވެރިވި ސްކޫލްތަކަށާއި ޓީމް ތަކުގެ ކުޅުންތެރިންނަށް އިނާމާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން، އެފްއޭއެމް ގެ ކުރީގެ ރައީސް އަބަދުއް ޝުކޫރެވެ.
އެ ރަސްމިޔާތުގައި ފެސްޓިވަލްގައި ބައިވެރިވި ކޯޗުންނާއި ރެފްރީންނަށް ވެސް ވަނީ އަގު ވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓްދީފައެވެ. އަދި އެ ފެސްޓިވަލްގައި ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިޔުންދީފައިވާއިރު ބައިވެރިވި ސްކޫލްތަކަށް ހަނދާނީ ތައްޓާއި ލައިފްބޯއީން ދޭ ހަދިޔާވެސް ވަނީ ހަވާލުކޮށްފައެވެ.


