ތައިލެންޑްގެ ޕުލެޓްގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ، ބީޗް ބާސްކެޓް މުބާރާތުގައި ރާއްޖެ ކުޅުން ފުރަތަމަ ދެ މެޗުން ވެސް ބަލިވެއްޖެ އެވެ.

އޭޝިއަން ބީޗް ގޭމްސްގެ ބީޗް ބާސްކެޓް އިވެންޓްގައި ރާއްޖެ ފުރަތަމަ ބައްދަލު ކުރީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 5-6 ޕޮއިންޓުންނެވެ. ރާއްޖެ ކުޅުނު ދެ ވަނަ މެޗުގައި ބަންގްލަދޭޝް އާއި ވާދަކޮށް، ރާއްޖެ ބަލިވީ 10-20 ޕޮއިންޓުންނެވެ.

މުބާރާތުގައި ރާއްޖެއިން ކުޅޭ ތިން ވަނަ މެޗުގައި ނުކުންނާނީ ގަތަރާ ދެކޮޅަށެވެ. އަންނަ ހޯމަ ދުވަހު ރާއްޖެ ދެ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، އެ މެޗުތަކުގައި ރާއްޖެ ބައްދަލު ކުރާނީ ތަރުކެމެނިސްތާން އާއި އޮމާންއާ އެވެ.

މުބާރާތުގައި ބާސްކެޓްގެ އިތުރުން، ރާއްޖެ ވާދަ ކުރާ ކުޅިވަރުތަކަކީ ވޮލީ، މެރަތަން ސްވިމިންގް، ބޮޑީ ބިލްޑިންގް އަދި ޖޫޖިޓްސޫ އެވެ.