15 Nov 2014, 19:33
އިންސްޓިޓިއުޓް އޮފް ހޯލީ ޤުރުއާން އިން ހިންގާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
"ފަހިދުވަސް" ގެ ނަމުގައި މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެ އިންސްޓިޓިއުޓް އިން ކުރިއަށްގެންދާ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ކޯސްތަކުގައި ބައިވެރިވާން ބޭނުން މީހުންނަށް ފޯމް ފުރުމުގެ ފުރުސަތު ހުޅުވާލިއެވެ.
އެގޮތުން އެ އިންސްޓިޓިއުޓުގެ ކިޑްސް ޕްރީ ސްކޫލަށް ވަނުމަށް ޝައުގުވެރިވާ ކުދިންނަށް ފޯމް ފުރުމުގެ ކަންތައް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ. ޕްރީސްކޫލަށް ވަންނަން މިއަދު ފޯމް ފުރި ކުދިންގެ ޔުނީފޯމާއި ފޮތް އަދި ސްކޫލަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ފޯރު ކޮށްދިނުމުގެ އިތުރުން ފުރަތަމަ މަހު ސްކޫލް ފީ ހިލޭ ކޮށްދޭނެ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.
ކުޑަކުދިންގެ ހަވީރުގައި ގިނަ ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ފުއްޕާހަން ފެޅުމާއި ދަޅުވެއްޓި އަދި މޫނާއި އަތުގައި ކުރެހުމުގެ ހަރަކާތްތައް ހިމެނެއެވެ.
އެ ހަވީރުގައި އަންހެނުންނަށް އިސްލާމިކް ކައުންސިލުންގް ދިނުމަށް ޚާއްސަ ސްޓޯލެއް ވެސް ބަހައްޓާފައި ހުއްޓެވެ.