19 އަހަރުގެ އަންހެނަކު ހުޅުމާލެއިން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ކުއްޖާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މެންދުރު ކަމަށެވެ.

ނަމަވެސް އެ ކުއްޖާއާ ބެހޭ މައުލޫމާތު މީޑިއާތަކަށް އާއްމުކުރަން އާއިލާ އިން ބޭނުން ނުވާތީވެ އެ މައުލޫމާތު ފުލުހުން ހިއްސާ ކޮށްފަ އެއް ނުވެ އެވެ.